ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު އެމްޑީއޭއިން ސަރުކާރަށް!

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިޕޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާ އެކު މި ސަރުކާރުން ހަދާފައިވާ ކޯލިޝ...

01 Feb 2025 | 10:52

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާޓީ ކަމަށްވާ މޯލްޑިވްސް ޑިޕޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާ އެކު މި ސަރުކާރުން ހަދާފައިވާ ކޯލިޝަން އެގްރިމަންޓުން ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު އެޕާޓީން ދީފިއެވެ.

އައްބާސް މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެމްޑީއޭއާ އެކު އެކުލަވާލާފައިވާ އެއްބަސްވުމަށް އަމަލުކުރުަަށް ރައީސް މުއިއްޒަށް ދަންނަވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރާނަމަ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ އެމްޑީއޭގެ ރައީސްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާ އެމްޑީއޭ އިން ލިބުނު އެހީތެރިކަން މަތިން ހަދުމަ ނެތި އެއްބަސްވުމަށް އަމަލު ނުކުރައްވާނަމަ ސަރުކާރު ކޯލިސަންއިން އެމްޑީއޭ ވަކިވާން ޖެހިދާނެ ކަމަށެވެ.

އައްބާސް އިޝާރަތްކުރައްވާ އެއްބަސްވުން ތަކަކީ ކޮން ކަމެއްކަން ނޭގުނު ނަމަވެސް އެމްޑީއޭއަށް ރައީސް މުއިއްޒު ސިޔާސީ މަގާމުަތައް ދީފައިނުވާކަން ވަނީ އެނގިފައެވެ.އެމްޑީއޭއިން މިދިޔަ އޮގަސްޓު މަހު އެކަމާ ގުޅިގެން ރައީސްއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

9000އަށް ވުރެ ގިނަ މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީއޭއަކީ ކުރީ އެމްޑީޕީ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. އެއަށް ފަހު މި ސަރުކާރަށް ތާއީދުކޮށް، ކޯލިޝަން ހެދީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައެވެ.

މި ސަރުކާރުން ނިންމަވާ ބައެއް ނިންމެވުން ތަކާއި އެ ޕާޓީން ދެކޮޅު ހަދައެވެ. އެކަމާއި ގުޅިގެން ސިޔާމް އަދި އައްބާސް ކަންބޮޑުވުންތައް ދޭތެރެއަކުން މަޖިލީހުގެ ތަޅުމުގައި ފާޅުކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް