މަގުމަތިންވެރިކަން ވައްޓާލަން އަޅުގަނޑު ތާއީދެއް ނުކުރަން، އެކަމުން ބޮޑުވެގެންވާ ފިތުނައެއް އުފެދޭނެ: ޒައިދު

މަގުމަތިން ވެރިކަން ވައްޓާލުމަކީ އެއްވެސް އިރެއްގައި ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޒައިދު މިހެން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ...

01 Feb 2025 | 10:30

މަގުމަތިން ވެރިކަން ވައްޓާލުމަކީ އެއްވެސް އިރެއްގައި ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޒައިދު ވިދާޅުވީ ސުލްހަވެރިިކަމާއި އެކު ޚިޔާލުފާޅުކުރުމަކީ އަބަދުވެސް ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް މަގުމަތިން ވެރިކަން ވައްޓާލުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހައްދަވާ ކަމަށްވެސް ޒައިދު ވިދާޅުވިއެވެ. އެއީ އޭގެ ސަބަބުން ބޮޑުވެގެންވާ ފިތުނައެއް އުފެދޭނެތީ ކަމަށްށާއި އެކަން އެންމެ ބޭފުޅުންނަށްވެސް އެނގޭނެ ކަމަށް ޒައިދު ވިދާޅުވިއެވެ.

ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ރެލީގައި ގިނަ އަދަދެއްގެ މީހުންތަކެއް ބައިވެރިވެ ރައީސް ޑރ މުއިއްޒު އިސްތިއުފާއަށް ގޮވާލާފައިވެއެވެ.

ރޭ ކުރިއަށް ގެންދިޔަ ރެލީގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވީ، ރޭ ފެނިގެން އެ ދިޔައީ ހަގީގީ ޑިމޮކްރަސީ ކަމަށެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ މިންވަރު ރޭ ފެނިގެން ގޮސްފި ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް