ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަ...

01 Feb 2025 | 07:15

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފި ކަމަށެވެ.

ހިރިމަރަދޫގެ އާބާދީއަކީ 293 ރައްޔިތުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ. ރަށުގެ އާބާދީ މަދުވުމާއި އަދި ރަށުގައި ދިރިއުޅޭ އާބާދީ ދަށްވުމުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެ ރަށުގެ ރައްޔިތުން އެދެމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެ ރަށުގެ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށްވެސް ކުރިން އެދުނެވެ. އަދި އެކަމަށް ތުލުސްދޫއިން މަރުހަބާވެސް ކިޔާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް