މިއަދު މުޅި މާލެއިން ކަރަންޓު ކެނޑިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ސްޓެލްކޯއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައިކަމަށާއި މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.
"ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން" ސްޓެލްކޯއިން ބުނެފައިވެއެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުނު ނަމަވެސް ހެންވޭރު ބައެއް ސަރަހައްދުތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަލުން ލިބިފައިވާއިރު ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ލިބިފައިވާ ސަރަހައްދުތަކަށް ކަރަންޓު ލިބިފައިއެވަނީ ހުޅުމާލެ ފީޑަރ ތަކުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް