ޓިކެޓު އަގު ބޮޑުވީކީ ނޫން، ބުކިންގ ސިސްޓަމަށް މައްސަލައެއް ދިމާވެފައިވާތީ މޯލްޑިވިއަން އިން އެދެނީ ހޮޓްލައިނާ އީމެއިލް ޚިޔާރު ކުރުމަށް

ޓިކެޓު އަގުބޮޑުވީކީ ނޫން ކަމަށާއި މިވަގުތު ޓިކެޓު ނެގުމަށް މޯލްޑިވިއަންގެ ހޮޓްލައިން އާއި މޯލްޑިވިއަންގެ ރިޒަވޭޝަން އީމެއިލް ޚިޔާރު ކުރުމަށް މޯލްޑިވިއަން އިން އެދިއްޖެއެވެ. ބުކިންގ ސިސްޓަމަށް މައްސަލަ...

01 Feb 2025 | 06:34

ޓިކެޓު އަގުބޮޑުވީކީ ނޫން ކަމަށާއި މިވަގުތު ޓިކެޓު ނެގުމަށް މޯލްޑިވިއަންގެ ހޮޓްލައިން އާއި މޯލްޑިވިއަންގެ ރިޒަވޭޝަން އީމެއިލް ޚިޔާރު ކުރުމަށް މޯލްޑިވިއަން އިން އެދިއްޖެއެވެ.

ބުކިންގ ސިސްޓަމަށް މައްސަލަ ދިމާވެފައިވާކަން މޯލްޑިވިއަން އިން ހާމަކޮށްފައިވަނީ މިއަދު ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މޯލްޑިވިއަން އިން ބުނެފައިވަނީ ބުކިންގ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

"މިވަގުތު ފްލައިޓްސް ބުކް ކުރެއްވުމަށް ހޮޓްލައިން 1671 އަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް އީމެއިލް ކުރެއްވުމަށް އެދެން" މޯލްޑިވިއަން އިން ބުނެފައިވެއެވެ.

މޯލްޑިވިއަންގެ މޯބައިލް/ވެބް ބުކިން ސިސްޓަމުން ބުކިން ހައްދާއިރު ޓިކެޓުތައް އަގުބޮޑުވެފައިވާކަމަށް ދައްކައެވެ. އެކަމާ އިތުރަށް ސުވާލު ކުރުމުން މޯލްޑިވިއަން އިން ބުނީ އެއީ ބުކިން ސިސްޓަމަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކުން ދިމާވާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް