ހުޅުމާލެ-މާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެއިން މާލެ އަންނަ ލޭނުން ދުއްވާފައި ދިޔަ ސައިކަލެއް، އެ ސަރަހައްދުގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައިހުރި ކޯނެއްގައިޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު ހެނދުނު 08:19 ހާއިރު ލިބުނު ކަމަށެވެ.
"އެކްސިޑެންޓު ވި މީހާއަށް ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗްއަށް ގެންދެވުނު" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފަރުވާދެމުންދަނިކޮށް އޭނާ މަރުވެފައިވާކަމަށާއި އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް