ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި

ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފިއެވެ. ހެލުތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ޚަލީލެވެ. ހެލްތު މ...

01 Feb 2024 | 15:00

ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފިއެވެ.

ހެލުތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ޚަލީލެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ކެމްޕެއިނުގެ މަގުސަދަކީ ތެލެސީމިއާއާއި ގުޅިގެން ލޭ އަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި %50 އަށް ދަށްކުރުން ކަމަށެވެ. އަދި ގައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލެސީމިއާއާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއޭ) އިން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން، ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާއަށް ޓެސްޓުކުރެވޭނެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިން ތެލެސީމިއާއަށް ހޭޅުންތެރިކުރުވުމާއި ޓެސްޓުކުރުމަށް ހަމަޖެހިފައިވާކަމަށް ބުންޏެވެ.

އެމްބީއޭ އިން ބުނީ މި ކެމްޕެއިންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށްވެސް ހޭލުންތެރިކަމުގެ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ތެލެސީމިއާ ބަލީގެ 650 ކުދިން މިހާރުވެސް ރާއްޖޭގައި އެބަ ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް