ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަރޝިޕް!

ހުރިހާ ހަރަދަކާއެކު ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ ޗައިނީޒް ސް...

01 Feb 2024 | 14:42

ހުރިހާ ހަރަދަކާއެކު ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލް އިން ހިންގުމަށް ހަމަޖެހިފައިވާ "ޔޫތް އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް"ގެ ދަށުން ޗައިނާގައި ހިންގާ މާސްޓާސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ސްކޮލަރޝިޕްތަކުގެ ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްގެ ފަރާތުން ކަމަށެވެ.

ޗައިނާގެ 78 ޔުނިވަރސިޓީއެއްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ސްކޮލަރޝިޕްގެ ދަށުން ކޯހަށް ކުރިމަތިލެވޭނީ ޑިގްރީ ނިންމާ، އުމްރުން 45 އަހަރު ނުވާ މީހުންނަށެވެ.

މި ސްކޮލަރޝިޕްގައި ބައިވެރިވުމުގެ ފުރުސަތު 15 އެޕްރީލް 2024 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި ސްކޮލަރޝިޕާއި ބެހޭ މައުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މައުލޫމާތު އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

ކޯހަށް ހޮވޭ ފަރާތްތަކުން ރާއްޖެއިން ފުރުމުގެ ކުރިން އެ ފަރާތަކުން ބައިވެރިވާ ކޯހަކީ އަދި ކޯސް ހިންގާ ޔުނިވަރސިޓީއަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވަނީ އިރުޝާދުދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް