މަޖިލިސް އިންތިހާބުގައި 608 ވޯޓުފޮށި ބަހައްޓާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 608 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޖުމްލަ 608 ވޯޓު ފޮށި ރާއްޖޭގައި ބަހައްޓާއިރު، އޭގެ ތ...

01 Feb 2024 | 13:05

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 608 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޖުމްލަ 608 ވޯޓު ފޮށި ރާއްޖޭގައި ބަހައްޓާއިރު، އޭގެ ތެރެއިން 240 ވޯޓު ފޮށްޓަކީ މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓުފޮށިތައް ކަމަށެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 50 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ.

މީގެ އިތުރުން ރިސޯޓުތަކުގައި 37 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ހުޅުލޭގައި 1 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތެރޭގައި 319 ވޯޓި ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން ބޭރުގައި ވެސް 6 ވޯޓު ފޮށްޓެއް ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ގައުމުތަކަކީ:

ޓްރިވެންޑްރަމް، އިންޑިއާ

ކޮލަމްބޯ، ސްރީލަންކާ

ކުއަލަ ލަމްޕޫރް، މެލޭޝިއާ

ލަންޑަން، އިނގިރޭސި ވިލާތް

އަބޫދާބީ، އެކުވެރި އަރަބި އިމާރާތް

ބެންކޮކް، ތައިލެންޑް

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ، އެ ގައުމެއްގައި ވޯޓުލުމަށް މަދުވެގެން 150 މީހުން ރަޖިސްޓްރީވެފައި ވާނަމަ ކަމަށެވެ. އަދި ކޮންމެ ގައުމެއްގައިވެސް ބަހައްޓަން ހަމަޖެހިފައިވަނީ އެއް ވޯޓު ފޮށި ނަމަވެސް، ރީ-ރެޖިސްޓްރޭޝަނަށް ފަހު އަދަދުތަކަށް އަންނަ ބަދަލަށް ބެލުމަށްފަހު ފޮށި އިތުރުކުރަން ޖެހޭނަމަ ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް