ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ހަވާލުކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ. ގޯތި ލިބޭ ފަރާތްތަކަށް ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މ...

01 Feb 2024 | 08:23

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ގޯތި ލިބޭ ފަރާތްތަކަށް ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މިއަދު 10:00 ގައި ފަށާފައިވާއިރު، ހައުސިންގ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބޭ ފަރާތްތަކަށް މިނިސްޓްރީން ގުޅާނީ 4004994 ނުވަތަ 4004797 ނަންބަރުން ކަމަށެވެ.

ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ ގޯއްޗާއި ފްލެޓް ހަވާލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކުރިއަށްދާނެ ކަމެއް ކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މި ސަރުކާރުން ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ތަނަކުން ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި ރަސްމާލެއަށް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް