ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ކަމަށ...

01 Feb 2024 | 08:15

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ކަމަށާއި މި މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށްޓަކައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ މިފަދަ ހަމަލާއެއް ހިނގާފާނެކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ކުރިިން އެނގިފައި ނުވާ ކަމަށެވެ.

ޝަމީމަށް ހަމަލާ ދީފައިވަނީ ދުރާލާ ރާވައިގެން ކަމަށާއި ހަމަލާ ދިން މީހުން ތިބީ އެ މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ވަރަށް ބޮޑަށް މޫނު ނިވާކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ދޭ ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދެވޭ ހަމަލާއެއް ކަމަށާއި މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޕީޖީ ޝަމީމްގެ ސެކިއުރިޓީ މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ތަހުގީގުކުރަމުން ދާ މައްސަލައެއް ކަމުން، ތަހުގީގަށް ހުރަސް އެޅިދާނެތީ ތަފްސީލީ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް