ފޭސް 1 ގެ ފްލެޓްތަކުގެ ކުލިން %20 ކުޑަކޮށްފި

ހުޅުމާލެ ފޭސް 1 ގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ މަހު ކުލިން %20 ކުޑަކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަޜޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެ ކޯޕަރޭޝަނުން ބުނީ ފޭސް 1 ގެ ސޯޝަލް ހައުސިންގ ޔު...

01 Feb 2024 | 08:03

ހުޅުމާލެ ފޭސް 1 ގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ މަހު ކުލިން %20 ކުޑަކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަޜޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ ފޭސް 1 ގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލީގެ އަދަދުން ކޮންމެ މަހަކުވެސް %20 ޑިސްކައުންޓް ދިނުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހަފްތާ14ގެ ވައުދުތަކުގެ ތެރެއިން ކަމަށެވެ.

އެޗްޑީސީ އިން ބުނީ ޑިސްކައުންޓް ކުރެވިފައިވާ އަގުގައި މެއިންޓެނަންސް ފީ ނުހިމެނޭ ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ ފޭސް 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ފިނިޝިންގ އަށް ދިޔަ ހަރަދު ދިނުމުގެ ގޮތުން ހިޔާ ފްލެޓްގެ ޖުމްލަ ކުލިން 100,000 ރުފިޔާވެސް އުނިކޮށްދެއްވާފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓްވެސް %50 ކުޑަކޮށް، މަހަކު ދައްކާ އަދަދުން 4200 ކުޑަކޮށްދީފައެވެ. މީގެ އިތުރުން ރަށްރަށުގައި 4000 އިން މައްޗަށް ފައިސާ ދައްކާ ހައުސިންގ ޔުނިޓްތަކުގެ ކުލި 3333 އަށް ވަނީ ކުޑަކޮށްދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް