ހުޅުމާލެ ވިނަރެސް ފްލެޓް ކައިރީގައި ބަސް ސްޓޮޕެއް ގާއިމްކޮށް ހިދުމަތްދޭން ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް، ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި، އެ ސަރަހައްދުގައި ބަސް ސްޓޮޕްގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
އެމްޓީސީސީ އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދަތުރުކުރާ R6 (ހުޅުމާލެ ފޭސް 1 – ފޭސް 2)، R7 (ހުޅުމާލެ ފޭސް 2 – ވެސްޓް ޕާކް)، R8 (ހުޅުމާލެ ފޭސް 2 – ކާނިވަލް)، އަދި R9 (ހުޅުމާލެ ފޭސް 2 – އެއަރޕޯޓް) ގެ ރޫޓުތަކުން ވިނަރެސް ބަސް ސްޓޮޕަށް ހިދުމަތްދޭގޮތަށް ރޫޓަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
މީގެއިތުރުންވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާންމުކޮށްފައިވާ ޗާޓާއި އެއްގޮތަށް R7، R8، R9 ގެ ރޫޓުތަކަށް ބަދަލު އަންނާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް