މަސްވެރިންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ ރެސްކިއު ޑައިވަރ ޕްރޮގްރާމްގައި 8 ދޯންޏަކުން 8 ފަޅުވެރިން ތަމްރީނުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން ގދ.މަޑަވެލީގެ 8 ދޯނިން 8 ފަޅުވެރިއަކު ޑައިވަރ ކޯސް ފުރިހަމަކޮށްފައިވާކަމަށެވެ.
ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މަޑަވެލި ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު ރެސްކިއު ޑައިވަރ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް