އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރިޗު މަހު ބޭއްވުމަށް ނިންމައިފިއެވެ.
މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ އަދި ހިއްސާގެ ފައިދާ ލިބިވަޑައިގަންނަވާނީ، 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމުގައި އުރީދޫއިން ބުނެއެވެ. މިގޮތުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެ ކަމުގައިވެސް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނެފައިވަނީ އުރީދޫ މޯލްޑިވްސް އިން 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރެވޭނެ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށާއި މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރެވޭނެ ވާހަކަ ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް