ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު އެމްވީ ގެލީނާ އަށް މިނިސްޓަރ އައިޝަތު ނަހުލާ ވަޑައިންނަވާ ބޯޓުގެ އޮންބޯޑުގެ މަސައްކަތްތައް ހިނގާ ނުހިގާގޮތް ބައްލަވާލައްވައިފިއެވެ.
އެމްވީ ގެލީނާއަކީ އިންޑިޔާއާއި ލަންކާއާއި ރާއްޖެއާ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ 680 ކޮންޓެއިނަރުގެ ބޯޓެކެވެ. މިބޯޓަކީ އެމްއެސްއެސްގެ އަމިއްލަ ބޯޓެކެވެ. މިނިސްޓަރ ، މި ބޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި އަދި އިސްވެރިނާއި ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ އިސްވެރިންނާއި އެމްއެސްއެސް ގެ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސަޢީދާއި އެމްއެސްއެސްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިފަދަ ދިވެހިންގެ އަމިއްލަ ވަސީލަތްތައް އޮތުމުގެ ބޭނުންތެރިކަމާއި، ބޭނުންކުރުމާއި އަދި ޚިދުމަތްތަކުގައި ވީހާވެސް ގިނަ ދިވެހިން ތިބުމުގެ މުހިއްމު ކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަމުގައި ދިވެހިޒުވާނުން ބިނާކޮށް ބައިވެރިކުރުމަށްޓަކައި މިނިސްޓްރީ އިން ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި މިދާއިރާއަށް ސްކޫލް ކުދިން ޝައުގުވެރިކުރުވުމަށްޓަކައި މަދަރުސީ ދައުރުން ފެށިގެން ދަރިވަރުންނަށް މިފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް