އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ހަސަންފުޅު ގެއްލިގެން ހޯދަމުންދާކަން މަތިވެރި ކައުންސިލުން ހާމަ ކުރީ މިއަދު އެވެ. އެމީހާ ގެއްލުނީ އިއްޔެ އިރު އޮއްސުނު ފަހުން ކަމަށްވެ އެވެ.
އެންމެ ފަހުން އޭނާ ފެނިފައިވަނީ ރޭ މަގްުރިބު ނަމާދު ނިމުނު ފަހުންނެވެ.
މަތިވެރީ ކައުންސިލުން ބުނީ މިއަދު ރަށުގެ ހުރިހާ ސަރަހައްދެއްހެން ރައްޔިތު އެންމެން ނުކުމެ ބަލާފައިވާފައިވާ ކަމަށެވެ. އެ މަސައްކަތުގައި ފުލުހުންވެސް ހަރަކާތްތެރިވެ އެވެ. އަދި މިހާރު ސިފައިންވެސް ދަނީ ހަސަންފުޅު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
އެގޮތުން ސިފައިން ވަނީ އާންމުންނާއި ގުޅިގެން ރަށުގެ ވަށައިގެންވާ ސަރަހައްދު ފީނައި ބެލުމުގެ މަސައްކަތް ފަށާފައި އެވެ.
މަތިވެރީ ކައުންސިލުން ބުނީ މި ހާދިސާ އާއި ގުޅިގެން މުޅިރަށަށް އޮތީ ހިމޭންކަން ވެރިވެފައި ކަމަށެވެ. އަދި އެންމެންގެ ދުއާއަކީ ހަސަންފުޅު ސަލާމަތުން ފެނުން ކަމަށެވެ.
ހަސަން ފުޅާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ މަތިވެރި ކައުންސިލުގެ ނަންބަރު 6660058 އަށް ގުޅުމަށް ކައުންސިލުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް