ހުޅުމާލޭ މަގުތަކުގައި ބެނާ ހަރު ކުރެވޭނެ އުސޫލެއް އޮންނާނެ: އެޗްޑީސީ

ހުޅުމާލޭގައި އިސްތިހާރު ޖެހުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ބެނާ ޖެހުމަށް އުސޫލެއް ކަނޑައަޅާފައި އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. އެޗްޑީސީން މިއަދު...

01 Feb 2023 | 14:35

ހުޅުމާލޭގައި އިސްތިހާރު ޖެހުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ބެނާ ޖެހުމަށް އުސޫލެއް ކަނޑައަޅާފައި އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބުނީ އެ އުސޫލު އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.

ހުޅުމާލޭގައި މި އުސޫލާ ހިލާފަށް މި ކޯޕަރޭޝަނުގެ ހުއްދަ އަކާއި ނުލައި ޖަހާފައިވާ މިފަދަތަކެތި މިކޯޕަރޭޝަނުން ނަގަމުން ގެންދާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ކޮންމެ ފަރާތަކުންވެސް މި ކޯޕަރޭޝަނުން ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ހުއްދައަށް އެދުމުން އޮންނަ އުސޫލުގެތެރެއިން ހުއްދަ ދެވޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް