އިންޑިއާގެ ޓީވީ އެކްޓްރެސް އުރްފީ ޖާވިދް އަނެއްކާވެސް ތަފާތު ހެދުމެއް ލައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.
އުރްފީއަކީ ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ހެދުން އެޅުމުގައި މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ވަކާލާތުކޮށް އެގޮތަށް އަމަލުތައް ބަހައްޓާ މީހެކެވެ. މަދު ފަހަރަކު ނިވާކަން ބޮޑު ހެދުމެއް ލިޔަސް 99 ޕަސެންޓު ދުވަހު އޭނާ ލައި އުޅެނީ ނިވާކަން ކުޑަ ބަލާލަން ހުތުރު ހެދުންތަކެވެ.
މިފަހަރު ހެދުމެއްގެ ގޮތުގައި އޭނާ ބޭނުންކޮށްފައިވަނީ ތިން ޖިންސެެވެ. އެއީ ތިރިން ޖިންސެއް ލުމަށް ފަހު މަތިންވެސް ދެ ޖިންސްގެ ދެ ފަޅި އެވެ. ތަފާތު އެއްޗެއް ހެދުމެއްގެ ގޮތުގައި ބޭނުން ކުރި ނަމަވެސް މިފަހަރު އުރްފީ ހުރީ ވަރަށް ބޮޑަށް ނިވާވެފައި އެވެ،
އެ ހެދުން ލައިގެން އާންމުންގެ ތެރެއަށް ނުކުތުމުން ގިނަ ބަޔަކު ވަނީ އޭނާ އާއި އެކު ސެލްފީ ނަގައި އެ ހެދުން ރަނގަޅު ކަމަށް ބުނެފައި އެވެ.
އުރްފީގެ އެ ހެދުމާއި ގުޅޭގޮތުން ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުވަނީ އުރްފީއަށް ތާއީދުކޮށް ވާހަކަ ދައްކާފައި އެވެ. ކަންގަނާ ބުނީ ހެދުން އެޅުމާއި ހަށިގަނޑާއި ގުޅޭގޮތުން އޭނާ ލަދު ގަންނަން ޖެހޭވަރު ވާހަކައެއް އެހެން މީހަކު ދެއްކިޔަ ދީގެން ނުވާނެ ކަމަށާއި އުރްފީ ދެކެ ވަރަށް ލޯބިވާ ކަމަށެވެ.
https://www.instagram.com/p/CoE4-J8INyz/
އުރްފީ ބުނާގޮތުގައި މިހާރު އޭނާ މަޝްހޫރީ ހަމައެކަނި ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލްގެ ސަބަބުންނެވެ.
އުރްފީ ގެންގުޅޭ ހެދުން އެޅުމުގެ ހައްދު ފަހަނަ އެޅުމުގެ އުސޫލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެ އެވެ. އެގޮތުން ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އުރްފީއަކީ އިންޑީއާ އާއި ޒުވާނުންނަށް ހުރި ބޮޑު ހުތުރެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް