ހެދުމުން މިން ނަގަނީ ކަމަށް ބުނެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ ސެޕްޓެމްބަރު 2020 ގައި ހެދުމެއްގެ ފަތި ޖަހަން ކަމަށް ބުނެ ގެއަކަށް ގޮސް، ކުއްޖާގެ މިން ނަގަން ޖެހޭ ކަމަށް ބުނެ އެ ކުއްޖާގެ ޖިންސީ ގުނަވަނުގައި އަތްލި ކަމަށް ބުނެ އެވެ.
މިގޮތުން ކްރިމިނަލް ކޯޓުން ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި ކަމުގެ އެ ދައުވާގައި، އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާތީ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި މި މައްސަލައިގެ ޝަރީއަތް ކޯޓުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. އެހެންކަމުން މި ހުކުމުގެ އިތުރު ތަފްސީލު ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލައިފިނަމަ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް