މާލެ ސިޓީ ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނެ: ޝަރީފް

މާލެ ސިޓީ ކައުންސިލަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދައްކަންޖެހޭ އެއްވެސް ފައިސާއެއް މިހާރު ނުހުންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެ...

01 Feb 2023 | 11:54

މާލެ ސިޓީ ކައުންސިލަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދައްކަންޖެހޭ އެއްވެސް ފައިސާއެއް މިހާރު ނުހުންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ޝަރީފް ވިދާޅުވީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިހުރި ކަރަންޓު ބިލުތަކުގެ ފައިސާ ވެސް ސިޓީ ކައުންސިލުން ދައްކާފައި ނުވާ ކަމަށެވެ.

ކަރަންޓު ބިލުގެ ގޮތުގައި ސްޓެލްކޯއަށް 21.6 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އަންގައި ސްޓެލްކޯއިން މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް ކައުންސިލުން ޖަވާބުދާރީވެފައި ނުވާ ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.

އަދި ސްޓެލްކޯއިން ސިޓީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ ކަމަށް ތުހުމަތުކޮށް ދައްކާ ވާހަކައަކީ އެއީ ކަރަންޓު ބިލު ނުދެއްކުމަށް ސިޓީ ކައުންސިލުން ދައްކާ ބަހަނާއެއް ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެ ކުންފުނީގެ ހިދުމަތުގެ ބޭނުންކޮށް ސިޓީ ކައުންސިލުން ފައިސާ ނުދެއްކުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި އެއީ ސިޔާސީ ހިޔާލު ތަފާތުވުމުގެ ސަބަބުން ކައުންސިލުން އަމަލުކުރާ ގޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް