ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދާނީ އެ އެއާޕޯޓަށް ރޭގަނޑު ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.
އެ އެއާޕޯޓަށް ދަތުރު ކުރަނީ ހަމައެކަނި ގައުމީ އެއާލައިން މޯލްޑިވިއަންއެވެ. އެ އެއާލައިނުން ބުނީ ރޭގަނޑު ދަތުރުތައް މެދުކަނޑާލާނީ އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ރޭގަނޑު ކުރާ ހުރިހާ ދަތުރެއް މެދުކަނޑާލަން ޖެހުމުން ހަނިމާދޫ އެއާޕޯޓާއި އިންޑިއާގެ ޓްރިވެންޑްރަމާއި ދެމެދު ކުރާ ދަތުރުތައްވެސް މެދުކަނޑާލާނެ އެވެ. މޯލްޑިވިއަންއިން ބުނީ އެ ދަތުރުތައްވެސް މެދުކަނޑާލާނީ ވަގުތީ ގޮތުން ކަމަށެވެ.
އެހެން ކަމުން މާޗް އެކެއްގެ ފަހަށް ޓިކެޓު ނަގާފައިވާ ފަރާތްތަކުން މޯލްޑިވިއަންގެ ކޯލްސެންޓަރ މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް ވަނީ މޯލްޑިވިއަނުން ވަނީ އެދިފައެވެ.
https://twitter.com/MaldivianAero/status/1620677590481772546
ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް