އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރި، ކަންބޮޑުވުން

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ އެވެ. އެއީ32 އެނދުގެ ވޯޑެކެވެ. އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ ވޯޑުގައި އެޑްމިޓްކޮށްފައ...

01 Feb 2023 | 08:49

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ އެވެ.

އެއީ32 އެނދުގެ ވޯޑެކެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ ވޯޑުގައި އެޑްމިޓްކޮށްފައިވާ ކުދިންގެ ތެރޭގައި ގިނައީ ނިއުމޯނިއާ، ޑައިރިއާ، ގޭސްޓްރައިޓިސް އަދި ޑެންގޫ އަށް ފަރުވާ ހޯދާ ކުދިން ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިފަދަ އާންމު ރޯގާތަށް މި ދުވަސްވަރު ވަރަށް ގިނަ އެވެ.

ޑރ. ފައިސަލް ވިދާޅުވީ އަރިއަތޮޅުން ޑެންގޫ ޖެހިގެން ހާލު ދެރަވެގެން އެ ހޮސްޕިޓަލަށް ގެނައި ކުއްޖަކު އީއާރުގައި ވެސް އެބައޮތް ކަމަށެވެ. އެ ކުއްޖާ އީއާރުގައި އޮތީ ވޯޑު ޖާގަ ނުލިބިގެން ކިއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ރޯގާތައް އިތުރުވާ ދުވަސް ވަރު އައިޖީއެމްއެޗުގައި ޖާގަ ނެތުމުގެ މައްސަލަ ވަރަށް ބޮޑުވެ އެވެ.

މި ދުވަސްވަރަކީ އާންމުކޮށް ފެތުރޭ ރޯގާތަކާއި ބަލިތައް އިތުރު ދުވަސްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް