މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

އއ. މަތިވެރިން މީހަކު ގެއްލިގެން ހޯދަމުން އެބަދެ އެވެ. މަތިވެރީ ކައުންސިލުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އެރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު) ކަމަށެވެ. އެމީހާގެ އުމުރެއް ހާމައެއް ނުކުރެ އެވެ. އެމ...

01 Feb 2023 | 07:23

އއ. މަތިވެރިން މީހަކު ގެއްލިގެން ހޯދަމުން އެބަދެ އެވެ.

މަތިވެރީ ކައުންސިލުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އެރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު) ކަމަށެވެ. އެމީހާގެ އުމުރެއް ހާމައެއް ނުކުރެ އެވެ.

އެމީހާ ހޯދަމުންދަނީ އިއްޔެއިން ފެށިގެން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ރޭ މަގުރިބު ނަމާދަށް ފަހު ކަމަށްވެ އެވެ.

ހަސަން ފުޅާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ މަތިވެރި ކައުންސިލުގެ ނަންބަރު 6660058 އަށް ގުޅުމަށް ކައުންސިލުން އެދެ އެވެ.

މަތިވެރީ މީހަކު ގެއްލިގެން ހޯދަމުން ދަނީއިރު ބޭސް ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް ދިޔަ ޒުވާނަކު ގެއްލިގެންވެސް ދަނީ ހޯދަމުންނެވެ. ކޮޗިންގައި ގެއްލިގެން އުޅެނީ ކ. ތުލުސްދޫ އުމުރުން35 އަހަރުގެ މުހައްމަދު މަހުދީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް