ހަރަދު ކުޑަކޮށް، ހުއްދަނެތި އާ މަގާމުތައް ނުއުފައްދަން، ފިނޭންސުން އަންގައިފި

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ރުކާރުގެ އެއްވެސް އޮފީހަކުން އާ މަގާމުތައް ނުއުފެއްދުމަށާއި ދައުލަތުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އެ މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ...

01 Feb 2023 | 06:06

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ރުކާރުގެ އެއްވެސް އޮފީހަކުން އާ މަގާމުތައް ނުއުފެއްދުމަށާއި ދައުލަތުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އެ މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގައިފި އެވެ.

މިނިސްޓަރު އިބްރާޙިމް އަމީރު ސޮއި ކުރައްވާ އާންމުކޮށްފައިވާ މާލިއްޔަތާއި ގުޅޭ ސާކިއުލާގައި ބުނެފައިވަނީ  ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށް ފަހު، މި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. ބަޖެޓްގައި ހިމަނާފައި އޮތަސް، މިހާރު ދޭން ފަށާފައި ނުވާ އައު އެއްވެސް އެލަވަންސެއް، އެ މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭގައި ނުދެވޭނެ ކަމަށް ވެސް އަންގާފައިވެ އެވެ.

ބަޖެޓުގައި ހިމަނާފައި ވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ފިނޭންސްގެ ހުއްދަ ނެތި އަހަރު ތެރޭގައި ދޭން ނުފެށުމާއި ފިނޭންސްގެ ހުއްދަ ނެތި މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް