އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީއަށް ފަހު ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްތަނަކުން ބައްދަލު ކުރައްވައިފި އެވެ.
ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ61 ޕަސެންޓު ވޯޓުންނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ39 ޕަސެންޓު ވޯޓެވެ. ނަޝީދު ވަނީ ބަލި ގަބޫލު ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.
މިފަދަ ދަނޑިވަޅެއްގައި ދެ ބޭފުޅުން ބައްދަލުވެފައިވަނީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. އެ ރަސްމިއްޔާތުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަލާން ކުރެއްވި އެވެ.
އޭގެ އިތުރުން ދެ ބޭފުޅުން ވާހަކަ ދައްކަވާތަނެއް ނުފެނެ އެވެ. އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިންނެވީ ރައީސް ނަޝީދުގެ އަރިހުގައި އެވެ. ދެ ބޭފުޅުން ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދައްކަވައި ސަމާސާ ކުރައްވާ ތަން އެ ހަފުލާ އިން ފެނުނެވެ.
ޕްރައިމަރީ ތެރޭގައި ބޭއްވެވި ނޫސްވެރިންގ ެބައްދަލުވުމެއްގައި ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނާއި ރައީސް ސޯލިހާއި ދެމެދު މަޝްވަރާ ކުރުން ފަދަ ގުޅުމެއް ނެތްތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް