އެކުގައި އަހަރުތަކެއް އުޅެ ލޯތްބަށް އިންކާރުކުރުމުން ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްފި

ސިންގަޕޫރުގައި ފިރިހެނަކު ވަރަށް ތަފާތު މައްސަލައެއްގައި އަންހެނެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ. ކޯޝިގަން ނަމަކަށްކިޔާ ފިރިހެނަކު ޓޭން ނަމަކަށްކިޔާ އަންހެނެއްގެ ފަރާތުން ބޮޑު ބަދަލެއް ހޯދަން ދައު...

01 Feb 2023 | 05:05

ސިންގަޕޫރުގައި ފިރިހެނަކު ވަރަށް ތަފާތު މައްސަލައެއްގައި އަންހެނެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ކޯޝިގަން ނަމަކަށްކިޔާ ފިރިހެނަކު ޓޭން ނަމަކަށްކިޔާ އަންހެނެއްގެ ފަރާތުން ބޮޑު ބަދަލެއް ހޯދަން ދައުވާ ކުރަނީ އެތައް އަހަރަކު އެކުގައި އުޅުމަށްފަހު ލޯތްބަށް އިންކާރު ކުރުމުންނެވެ.

ކޯޝިގަން ބުނެފައިވަނީ 2016 އިން 2020 އަށް އެކުގައި އުޅުނު އިރު އޭނާ ދެކުނީ ޓޭން އަކީ އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ކަމަށާއި އެހެންނަމަވެސް ޓޭން ދެކެނީ ހަމައެކަނި ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށް ބުނުމުން އެއީ އިންސާފު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މި މައްސަލައިގާ ދެމީހުން އަރައިރުންވުމަށްފަހު އެންމެ ފުރަތަމަ ނިންމީ 20 ހާސް ޑޮލަރު ހަރަދު ކޮށްގެން ކައުންސިލިން ނެގުމަށެވެ. އެހެންނަމަވެސް ކައުންސިލިން ނެގުމުގައިވެސް ކޯޝިގަނަކަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން ކޯޝިގަން އެންމެ ފަހުން ނިންމީ އެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި އަދި 2016 އިން 2023 އަށް އޭނާގެ ހަޔާތުން ގެއްލުނު ދުވަސްތަކުގެ ބަދަލުވެސް ހޯދުމާއެކު އެކު ޖުމްލަ ތިން މިލިޔަން ޑޮލަރުގެ ބަދަލެއް ޓޭންގެ ކިބައިން ހޯދުމަށެވެ.

އެންމެފަހުން ސިންގަޕޫރުގެ މީޑިއާތަކަށް މައުލޫމާތުދެމުން ކޯޝިގަން ބުނެފައިވަނީ މިހާރު މައްސަލަ ވާނީ ކޯޓަށް ވައްދާފައި ކަމަށާއި ދެން ޓޭން އާއި ބަދަލުކުރާނީ ކޯޓުގެ ހަފޮޅުން އެތެރޭގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް