މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި ޕޯޗުގަލް ޑިފެންޑަރ ޔާއޯ ކަންސެލޯ ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއިކޮށްފި އެވެ.
އުމުރުން 28 އަހަރުގެ ކާންސެލޯ ބަޔާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަން ނިމުމާއި ހަމައަށެވެ. ބަޔާންގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ މިހާރު ރަސްމީކޮށް އިއުލާން ވެސް ކޮށްފައި ވާއިރު، އޭނާ މިހާރު ވަނީ ބަޔާންގެ ފަރިތަކުރުންތަކަށް ވެސް ނުކުންނަށް ފަށާފައެވެ.
ކަންސޭލޯ ބަޔާނަށް ސޮއިކުރިއިރު، މި ސީޒަން ނިމުމުން އޭނާ ދާއިމީ ކުރެވޭނެ ގޮތަށް އޮތްއިރު، ކާންޗެލޯ ގެ އެއްބަސްވުން ދާއިމީ ކުރުމުމަށް ބަޔާންއިން 70 މިލިއަން ޔޫރޯ ސިޓީއަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް އަދި އޭނާ ބަޔާންގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ބަޔާންއިން ބުނާ ގޮތުގައި މި ސީޒަން ނިމުމުން ކާންސެލޯގެ އެއްބަސްވުން ދާއިމީ ކުރަން އެ ކުލަބުން މަސައްކަތް ފަށާނެއެވެ.
ކާންސެލޯ ބަޔާންއަށް ސޮއިކުރުމަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން އޭނާ ބުނީ ބަޔާން އަކީ މޮޅެތި ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށާއި ބަޔާންއަށް ބަދަލުވުމުގެ ފުރުސަތު ލިބުމުން އެކަމާއި ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
2019 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް ދޫކޮށް ސިޓީއަށް ބަދަލުވި ކާންސެލޯ ވަނީ އޭނާ ސިޓީގައި ހޭދަކުރި މުއްދަތުގައި 154 މެޗުކުޅެދީ 10 ލަނޑު ޖަހައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް