ސައޫދީގެ ގެއެއްގައި ރޯވެ ބައްޕައަކާއި ހަ ދަރިން މަރު

ސައޫދީ އަރަބިއްޔާގެ އަލް-ގުރައްޔާތު ސަރަހައްދުގެ ގެއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތް މީހަކު މަރުވެއްޖެއެވެ. ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އަލް-ޖޫފް ރީޖަންގެ އަލް-ގުރައް...

01 Feb 2023 | 01:24

ސައޫދީ އަރަބިއްޔާގެ އަލް-ގުރައްޔާތު ސަރަހައްދުގެ ގެއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތް މީހަކު މަރުވެއްޖެއެވެ.

ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އަލް-ޖޫފް ރީޖަންގެ އަލް-ގުރައްގާތު ގަވަރުނޭޓްގެ ގެއެއްގައި އަލިފާނުގެ އެ ހާދިސާ ހިނގާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އަލިފާނުގެ އެ ހާދިސާގައި ބައްޕައަކާއި އޭނާގެ ހަތަރު ފިރިހެން ދަރިންނާއި އޭނާގެ ދެ އަންހެން ދަރިން މަރުވިއެވެ. އަދި އޭނާގެ އަނބިމީހާވެސް ވަރަށް ބޮޑަށް ފިހިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އަލް-ގުރައްޔާތުގެ ސިވިލް ޑިފެންސް ޑިރެކްޓޮރޭޓުން ބުނެފައިވާގޮތުގައި އަލިފާނުގެ އެ ހާދިސާގެ ރިޕޯޓް އެ ޑިރެކްޓޮރޭޓަށް ލިބުނީ ރޭގެ ފަތިހު 04:00 ހާއިރުގައެވެ. މަރުވެފައިވާ ހަށިތައް އެ ސީނުން ފެނިފައިވާއިރު ސަލާމަތް ކުރެވުނު އަންހެން މީހާ އަލް-ގުރައްޔާތުގެ ޖެނެރަލް ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުން އަންނަކަމަށާއި ހާލު ސީރިއަސް ކަމަށްވެސް ބުނެފައިވެއެވެ.

ވަގުތީ ތަހުގީގާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އަލިފާނުގެ އެ ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ ކުދިން ނިދާ ކޮޓަރީގައި ހުރި ގޭސް ހީޓަރެއްގައި އަލިފާން ރޯވެގެންނެއެވެ. އެގެއިން ތިން ކުއްޖަކު މަރުވެފައި ތިއްބާ ފެނުނީ އެ ކޮޓަރިންކަމަށް ތަހުގީގީ ވަގުތީ ރިޕޯޓްގައިވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް