އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ފިކުރު ހުއްޓުވޭނެ ގޮތެއް ނެތް: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ފިކުރު ހުއްޓުވޭނެ ގޮތެއް ނެތްކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ...

01 Feb 2023 | 00:35

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ފިކުރު ހުއްޓުވޭނެ ގޮތެއް ނެތްކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ރޭ، ދިވެހި ޗެނަލަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ އެއީ އަސާސީ ހައްގެއް ކަމަށާއި އަސާސީ ހައްގަކަށް އެކަކަށްވެސް ހުރަސް ނޭޅޭނެ ކަމަށެވެ.

"މިސާލަކަށް އެނގިދާނެ ނުހެދުމަށް، އެއީ އެ މައްޗަށް އަޅުގަނޑު އަމަލުކުރާނެ އެންގުމެއް ނޫން، ހުއްޓުވޭނެ ގޮތެއް ނެތް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީވެސް ބަޔަކު ހުއްދަ ދީގެން ނޫން ކަމަށާއި އެމްޑީޕީ އުފެދިގެން އައީ ބޮޑެތި އިންޒާރު ތަކާއި އަނިޔާއާއި ނުރައްކާތެރި މާހައުލެއްގެ ތެރެއިން ކަމަށެވެ.

"އެމްޑީޕީ ތެރޭގައި ފިކުރެއްގެ ދިރުމުގެ ގޮފި ހިންގޭނެ" ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އަމާޒަކީ 50 ހާސް މެންބަރުންނާއެކު ފިކުރެއްގެ ދިރުން އުފެދިގެން އައުން ކަމަށާއި އެއަށްފަހު ގޮތްތަކެއް ނިންމިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް