އައްޑޫ ސިޓީ ފޭދޫގެ ޗަސްބިންތައް ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢު ފަށްޓަވައި ދެއްވާފައި ވަނީ މިއަދު ހަވީރު ފޭދުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރެވެ.
މި މަޝްރޫޢޫގެ ދަށުން ފޭދޫގައި އޮތް 14 ޗަސް ބިމެއް ހިއްކާނެއެވެ.
މިއީ ސަރުކާރުގެ އެހީތެރިކަމާއި އެކު ފޭދޫ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ ހަތަރު މިލިއަން ރުފިޔާގެ މަޝްރޫޢެކެެވެ.
އަދި މިއީ ތިން މަސްދުވަސްތެރޭގައި ނިންމަން އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް