ރާއްޖެއިން އިތުރު 2180 މީހުންނަށް ކޮވިޑު ޖެހިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 931 މީހަކާއި އަތޮޅުތެރެއިން 811 މީހަކާއި ރިސޯޓުތަކުން 63 މީހެއް ކަމަށެވެ.
ހޮސްޕިޓަލުތަކުގައި 63 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާ އިރު، 17،743 މީހަކަށް ކޮވިޑް ޖެހިގެން ފަރުވާދެމުން އެބަދެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 277 މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް