އާސެނަލް އަށް ކުޅެމުން އައި ގޭބަން ފޯވާޑް އެމެރިކް އޮބަމަޔަން ސްޕެއިންގެ ބަސެލޯނާއަށް ސޮއިކޮށްފިއެވެ.
އޮބަމަޔަން ބާސާއަށް ބަދަލުވީ އާސެނަލުން އޯބަމަޔަންގެ ކޮންޓްރެކްޓް އުވާލުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
އުމުރުން 32 އަހަރުގެ އޮބަމަޔަންގެ އެއްބަސްވުން އާސެނަލުން އުވާލީ އޭނާ އެ ޓީމާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވަން ބާކި 18 މަސް ދުވަސް އޮއްވައެވެ. އޭނާގެ އެއްބަަސްވުން އާސެނަލުން އުވާލީ އަޙުލާގީ މައްސަލަތަކެއްގައި ކެޕްޓަން ބޭންޑް ވެސް އަތުލައި ގިނަ ދުވަސްތަކެއް ވަންދެން އެކަހެރި ކޮށް ބެހެއްޓުމަށް ފަހުގައެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 2018 ވަނަ އަހަރު އާސެނަލް އާއި ގުޅުނު އޮބަމަޔަން ވަނީ މިހާތަނަށް އާސެނަލަށް ކުޅެދިން 163 މެޗުގައި 92 ލަނޑު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް