ސިޓީގެ އެއްބަސްވުން ކާންސެލޯ އައު ކޮށްފި

އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގީސް ޑިފެންޑަރ ޖާއޯ ކާންސެލޯ މެންޗެސްޓާ ސީޓީގެ އެއްބަސްވުން އައު ކޮށްފިއެވެ. އުމުރުން 27 އަހަރުގެ ކާންސެލޯ ސިޓީގެ އެއް ބަސްވުން އައު ކުރިއިރު އ...

01 Feb 2022 | 15:56

އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގީސް ޑިފެންޑަރ ޖާއޯ ކާންސެލޯ މެންޗެސްޓާ ސީޓީގެ އެއްބަސްވުން އައު ކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ކާންސެލޯ ސިޓީގެ އެއް ބަސްވުން އައު ކުރިއިރު އޭނާ އެ ކުލަބުގެ އެއްބަސްވުން އައުކުރީ އިތުރު ގަސް އަހަރު ކުލަބުުގައި މަޑުކުރުމަށެވެ. އެގޮތުން މި އެއްބަސްވުމާއި އެކު ކާންސެލޯ 2027 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ކުކަބުގައި މަޑުކުރާނެއެވެ.

އިޓަލީގެ ޔުވެންޓަސްއިން 2019 ވަނަ އަހަރު ސިޓީއާއި ގުޅުނު ކާންސެލޯ ސިޓީގެ އެއްބަސްވުން އާ ކުރުމަށް ފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ބުނީ ސިޓީއަކީ ޕްރިމިއާ ލީވުގައި އޮތް މޮޅު ކުލަބު ކަމަށާއި ސިޓީ އިން އޭނާގެ އެއްބަސްވުން އާކުރުމުން އުފާވާ ކަމަށެވެ.

"މެންޗެސްޓާ ސިޓީ އަކީ ޕްރިމިއާ ލީގުގައި އޮތް އެންމެ މޮޅު ކުލަބު، ސިޓީގެ އެއްބަސްވުން އައު ކުރުމުގެ ފިރުސަތު ލިބުމުން ވަރަށް އުފާވޭ ،" ކާންސެލޯ ބުންޏެވެ.

އިތުރަށް ކާންސެލޯ ބުނީ އޭނާގެ ކެރިއަރު ނިންމާލުމުގެ ކުރިން ހާސިލްކުރަން ބޭނުން ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށާއި ސިޓީ އާއި އެކީ އެކަން ހާސިލް ކުރެވިދާނެ ކަމަށެވެ.

އަދި އިތުރަށް އޭނާ ބުނީ ސިޓީގައި ތިބީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް ކަމަށާއި އެހެން ކަމުން މި ކުޅުންތެރިންގެ އެހީގައި އޭނާ ބޭނުންވާ މަޤުޞަދު ހާސިލް ކުރަން ފަސޭހަވެގެން ދާނެ ކަމަށެވެ.

މިހާރުވެސް ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކާންސެލޯ ވަނީ ސިޓީއަށް މިހާތަނަށް ކުޅެދިން 106 މެޗުގައި 8 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް