ހއ. އުލިގަމު ސްކޫލާއި ރ. ހުޅުދުއްފާރު ސްކޫލުގެ އިމާރާތްތަކެއް އެޅުމަށް މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހއ.އުލިގަމު ސްކޫލުގެ 08 ކްލާސްރޫމް، ސައިންސް ލެބް އަދި ސްކޫލްގެ ވަރާފާރާއި އޭވީ ރޫމް އިމާރާތުގެ މަސައްކަތް މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވެއެވެ.
މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ 12.5 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މީގެ އިތުރުން، މައިކްރޯން ޕްރައިވެޓް ލިމިޓެޑާއި ރ. ހުޅުދުއްފާރު ސްކޫލުގެ 12 ކްލާސްރޫމްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ވެސް މިއަދު ހަވާލުކޮށްފައި ވެއެވެ.
ހުޅުދުއްފާރު ސްކޫލުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ 15.6 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ދެ ކޮންޓްރެކްޓްގައި ވެސް ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ. މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބް އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް