ޓަކަފުލް ޕެކޭޖަށް އެޕްލައިކުރުން އެމްއައިބީ އިން ފަސޭހަކޮށްފި

ޓަކަފުލް ޕެކޭޖަށް އެޕްލައިކުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަަސޭހަކޮށްފިއެވެ. މިއީ އާންމު ދިރިއުޅުމުގައި ދިމާވެދާނެ ކުއްލި ހާދިސާއަކުން ތިމާއަށާއި އާއިލާއަށް މާލީ އެހީތެރިކަމެއް ލ...

01 Feb 2022 | 13:23

ޓަކަފުލް ޕެކޭޖަށް އެޕްލައިކުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަަސޭހަކޮށްފިއެވެ.

މިއީ އާންމު ދިރިއުޅުމުގައި ދިމާވެދާނެ ކުއްލި ހާދިސާއަކުން ތިމާއަށާއި އާއިލާއަށް މާލީ އެހީތެރިކަމެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. 18 އަހަރާއި 70 އަހަރާއި ދެމެދު އެމްއައިބީ ކަސްޓަމަރުންނަށް އަހަރަކު އެންމެ 265 ރުފިޔާ ޚަރަދު ކޮށްގެން ލިބޭ މި ޓަކަފުލް ޕެކޭޖެގެ ދަށުން ގިނަވެގެން 127،500 ރުފިޔާ ގެ ކަވަރޭޖް ހޯދުމުގެ ފުރުސަތުލިބޭނެއެވެ.

އެގޮތުން އެކްސިޑެންޓެއްގެ ސަބަބުން ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ އެ ބޭފުޅެއްގެ އާއިލާއަށް ނުވަތަ ބަޔާންކޮށްފައިވާ ފަރާތަކަށް 100،000 ރުފިޔާ ލިބޭ އިރު، އެކްސިޑެންޓެއްގެ ސަބަބުން އާމްދަނީ ދަތިވެއްޖެނަމަ މި ޕެކޭޗްގެ ދަށުން ކަރަންޓު އަދި ފެންބިލު ދެއްކުމަށާއި ސްކޫލްފީއެއް ދައްކަންޖެހޭނަމަ އެކަމަށް ވެސް ކަނޑައެޅޭ އުސޫލެއްގެ ދަށުން ފައިސާ ހަމަޖެހޭނެއެވެ.

މީގެއިތުރުން ދިރިއުޅޭ ގޮދޮރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއިން ނުކުންނަން ޖެހުން ފަދަ ކަމެއް ދިމާވިޔަސް ފައިސާ ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ހަދާފައިވާ ލިމިޓުތަކާއި އެއްވަރަށް ފައިސާ މި ޕެކޭޖުން ލިބޭއިރު، ޑެންގޫ، ޗިކަން ގުންޔާ ފަދަ ބައްޔެއްޖެހިގެން އެޑްމިޓް ކުރަން ޖެހުން ނުވަތަ ހައްޖު ނުވަތަ އުމްރާގެ އަޅުކަމުގައި އުޅުއްވަނިކޮށް އެޑްމިޓްކުރަން ޖެހޭ ފަދަ ކަމެއް ދިމާވިޔަސް މި ޕެކޭޗްގެ ދަށުން ފައިސާ ލިބެއެވެ.

ޑެންގޫ އަދި ޗިކަން ގުންޔާޖެހިގެން އެޑްމިޓްކޮށްފިނަމް 7500 ރުފިޔާ އަދި ހައްޖު އަދި އުމްރާގެ ދުވަސްވަރު އެޑްމިޓް ކުރެވިއްޖެނަމަ 10،000 ރުފިޔާ ލިބޭނެއެވެ.

އެމްއައިބީ އަދި އަމާނާ ތަކަފުލް ގުޅިގެން އުފައްދާ މާރކެޓަށް 2019 ގައި ތައާރަފް ކުރި މި ޚިދުމަތުގެ ފައިދާލިބި ކަސްޓަމަރުންގެ މަގުބޫލުކަން ވެސް ވަރަށްބޮޑަށް ވަނީ ލިބިފައެވެ.

ފެމިލީ ސަޕޯޓް ކަވަރ ނަންގަވަން ބޭނުންވާ އެމް.އައި.ބީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ބޭންކުގެ އެޕްލައި ނައު ޕޯރޓަލް މެދުވެރިކޮށް އެދިލައްވާ ވަގުތުން ފައިސާވެސް ދެއްކޭނެއެވެ. މިކަމަށް mib.mv/applynow އަށް ޒިޔާރަތް ކުރައްވައިގެން ޚިދުމަތަށް އެދިލެއްވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް