ޗައިނާގެ އާ އަހަރުގެ ތަހުނިޔާ މިނިސްޓަރު ޝާހިދު ފޮނުއްވައިފި

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި، ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ވަންގ ޔީއަށް، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު އައު އަހަރުގެ ތަހުނިޔ...

01 Feb 2022 | 12:56

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި، ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ވަންގ ޔީއަށް، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖުގައި، ޗައިނީޒް ސްޕްރިންގ ފެސްޓިވަލްގެ މުނާސަބަތުގައި، އަދި އައު އަހަރުގެ މުނާސަބަތުގައި، ޗައިނާގެ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މިއީ، ކޯވިޑް-19ގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް، ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވުމަށް ވަރަށް ޚާއްޞަ މުނާސަބަތެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ

މިނިސްޓަރުގެ މެސެޖުގައި، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، މި އުފާވެރި އަހަރުގެ ތެރޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ބެއިޖިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންތިޒާރު ކުރައްވާކަމުގައި ވެސް މެސެޖުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިންޓަރ އޮލިމްޕިކްސް ކާމިޔާބު އޮލިމްޕިކްސް އަކަށްވާނެކަމުގެ އުއްމީދުކުރައްވާ ޗައިނާގެ ސަރުކާރަށާއި، ޗައިނާގެ ރައްޔިތުންނަށް މިނިސްޓަރ ޝާހިދުވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މެސެޖުގައި ޗައިނާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް މިނިސްޓަރުވަނީ އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް