ބަނގުރަލާއެކު މި މަހުގެ 30 ވަނަ ދުވަހުގެރޭ ހައްޔަރު ކުރި ސިފައިންގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފައިވަނީ ޖަނަވަރީ މަގުގައި ހުންނަ ގެއަކުންނެެވެ.
އެ ބަނގުރާ ކޭސްތަކާއިއެކު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެެ.
އެގޮތުން މި މައްސަލައިގައި ހައްޔަރު ކުރި ސިފައިންގެ މީހާގެ ބަންދަށް 10 ދުވަސް ޖެހިއިރު، އަނެއް މީހާގެ ބަންދަށް ކޯޓުން ޖަހާފައިވަނީ 5 ދުވަހެވެ.
ފުލުހުން ވަނީ އެމީހުން ދިރިއުޅެމުން ދިޔަ ދެ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް އަތުލައިގެންފައެވެ. އަދި އެ އޮޕަރޭޝަންގައި 11 ފޮށިގަނޑާއި ދަބަހެއް ފުލުހުންގެ ބެލުމުގެ ދަށައް ވަނީ ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް