ޔުނިސެފްގެ އާ އެގްޒެކެޓިވް ޑިރެކްޓަރަކަށް ރަސެލް

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ކެތަރިން ރަސެލް ހަމަޖައްސައިފިއެވެ. ރަސެލްއާ މަގާމު ހަވާލިކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މީގެ ކުރިން ރަސެލް ވަނީ ވައިޓްހައުސްގެ ޕްރެޒިޑެންޝަލް ޕާރ...

01 Feb 2022 | 10:52

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ކެތަރިން ރަސެލް ހަމަޖައްސައިފިއެވެ.

ރަސެލްއާ މަގާމު ހަވާލިކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

މީގެ ކުރިން ރަސެލް ވަނީ ވައިޓްހައުސްގެ ޕްރެޒިޑެންޝަލް ޕާރސަނަލްސްގެ ޑިރެކްޓަރގެ މަޤާމު އަދާކޮށްފައެވެ.

2013 އިން 2017 އަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގައި އެމްބެސެޑަރ އެޓް ލާޖް ފޯ ގްލޯބަލް ވިމެންސް އިޝޫސްގެ މަގާމުވެސް ރަސަލްވަނީ ފުރުއްވާފައިވެއެވެ. އެގޮތުން 45 ގައުމުގައި، އެމެރިކާ ތަމްސީލުކުރައްވައި ބޭރުގެ ސަރުކާރުތަކާއި، މަލްޓިލޭޓަރަލް އޯގަނައިޒޭޝަންތަކާއި، މަދަނީ ޖަމިއްޔާތަކާއެކު ރަސެލް ވަނީ މަސައްކަތްކުރައްވާފައެވެ.

https://twitter.com/UNICEF/status/1488346785840046082?cxt=HHwWhIC5iYTh1acpAAAA

ޔުނިސެފަކީ 1946 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން އަޑުއުފުލާ އެންމެ ނުފޫޒުގަދަ މަދަނީ ޖަމިއްޔާތަކުގެ ތެރެއިން ޖަމްއިޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް