އިނގެރޭސި ރާނީ ޓޮމާޓޯ ކެޗަޕަކާއި ސޯހެއް މާކެޓަށް ނެރެނީ

އިނގެރޭސި ވިލާތުގެ ރާނީ އުމުރުފުޅުން 95 އަހަރުގެ އެލިޒަބަތު އެކަަމަނާގެ އަމިއްލަ ބްރޭންޑެއްގެ ޓޮމާޓޯކެޗަޕަކާއި ސޯހެއް މާކެޓަށް ނެރެން ތައްޔާރު ވެއްޖެކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓު ކޮށްފިއެވ...

01 Feb 2022 | 09:58

އިނގެރޭސި ވިލާތުގެ ރާނީ އުމުރުފުޅުން 95 އަހަރުގެ އެލިޒަބަތު އެކަަމަނާގެ އަމިއްލަ ބްރޭންޑެއްގެ ޓޮމާޓޯކެޗަޕަކާއި ސޯހެއް މާކެޓަށް ނެރެން ތައްޔާރު ވެއްޖެކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

މި އުފެއްދުން ބާޒާރަށް ނެރޭނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއީ އިނގެރޭސިވިލާތުން އިންގްރީޑިއަންޓްސް ބޭނުންކޮށްގެން ނޯފޯކްގައި ހުންނަ ކުއީން އެލިޒަބަތުގެ ސަންޑްރިންގްހަމް އެސްޓޭޓްގައި ތައްޔާރުކޮށްފައިވާ ސޯހެކެވެ.

މި ޕްރޮޑަކްޓްގެ ބޮޓްލް ނޯޓުގައި ބުނެފައި ވަނީ މި ސޯސް އަކީ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ކުޅި މަޑުކޮށް ތައްޔާރުކޮށްފައިވާ ސޯސް އެއް ކަމުގައެވެ. އަދި މިއީ ދުވަހުގެ އެކި ވަގުތު ތަކުގައި ބޭނުންކުރާ ކެއުންތަކުގައި ބޭނުން ކުރެވޭނެހެން، އެ ކެއުންތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެވޭނެ ގޮތަށް އުފައްދާފައިވާ ސޯހެއް ކަމުގައެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް އިނގިރޭސި ތަހުތުގައި ހުންނަވާތާ 70 އަހަރުވާން ކައިރިވެފައިވާ އިރު މިއީ އިނގިރޭސި ތާރީހުގައި ވެސް ތަހުތުގައި އެންމެ ގިނަ އަހަރަށް ހުންނެވި އެއް ބޭފުޅަކަށް ވާނެއެވެ. ރާނީ އެލިޒެބަތު އަދިވެސް ރަސްމީ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރައްވައެވެ.

އެލިޒެބަތަށް މިއަހަރުގެ އޭޕްރީލް މަހު 96 އަހަރު ވާއިރު، އެކަމަނާގެ "ޕްލެޓިނަމް ޖުބިލީ" އޮންނާނީ އަންނަ މަހުގައެވެ. މިއީ ތާރީހީ ގޮތުން ބޮޑު ދުވަހަކަށް ވެގެންދާނެ ދުވަހެކެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާނީ ވެސް ގެންދަވަނީ މީހުންނާ އެކަހެރިވެ އުޅުއްވަމުންނެވެ. ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ބައްދަލުވުންތަކުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވަނީ ވަރަށް މަދުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް