ރާއްޖެއިން ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެ، އެ ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 277 އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ 95 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެފައިވާ ކަމަށެވެ.
އެމީހާ ނިޔާވެފައި ވަނީ މިއަދު ހަވީރު 06:17 އެހާ ކަންހާ އިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަދު މަރުވި މީހާ އާއެކު މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ މިވަނީ 276 އަށް އަރާފައެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 17،589 މީހުންނަށް ކަމަށެވެ.
އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 53 މީހުންނަށެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 118،249 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 136،126 މީހުންނަށެވެ.
ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 277 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް