ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދައުލަތުން އުފުލާފައިވާ ދެ ދަޢުވާގެ އަޑުއެހުން މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.
އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާއެވެ. މި ދެ ދައުވާގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި މިވަނީ ގާތްގަޑަކަށް އަހަރުދުވަސް ފަހުންނެވެ.
މިއަދު 11 ޖަހާއިރައް ތާވަލް ކޮށްފައިވާ އަޑުއެހުން ކެންސަލް ކުރީ އާޒިމާގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލަކު ކަރަންޓީންގައި ހުރުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު އެމަނިކުފާނު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް އާޒިމާއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ އެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އުފުލީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރަން އާޒިމާ މަސައްކަތްކޮށް އެ ފައިސާ އަސްލު އޮޅުވާލަން އުޅުނު ކަމަށް ބުނެ އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް