ސީޕީ އަންގަވަނީ މީ ކަންދައްކަން ހިންގާ އޮޕަރޭޝަނެއް ނޫންކަމަށް

ފުލުހުންގެ ތެރޭގައި މިހާރު އެންމެ އިސްކަމެއް ދީގެން ކުރިޔަށްގެންދާ އޮޕްރޭޝަނަކީ މާލޭގައި ކުށްތަކަށް އަރައިގަނެ، އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ގޭންގު ގުރޫޕްތައް ހުއްޓުވާ އެމީހުންގެ...

01 Feb 2022 | 06:50

ފުލުހުންގެ ތެރޭގައި މިހާރު އެންމެ އިސްކަމެއް ދީގެން ކުރިޔަށްގެންދާ އޮޕްރޭޝަނަކީ މާލޭގައި ކުށްތަކަށް އަރައިގަނެ، އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ގޭންގު ގުރޫޕްތައް ހުއްޓުވާ އެމީހުންގެ ބާރުކަނޑުވާލުމަށް ކުރިޔަށް ގެންދާ ޚާއްސަ އޮޕްރޭޝަނެކެވެ.

މި އޮޕްރޭޝަނަކީ ކަންދެއްކުމުގެ ނިޔަތުގައި ހިންގާ އޮޕްރޭޝަނެއްނޫން ކަމަށާއި، ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވެ، ގޭންގުތައް ދެކެ ބިރުން ފަހަތަށް ޖެހޭނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި، ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް ކުރި ހޯދޭނެ ކަމަށް ކޮމުޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު "މިހާރު" ނޫހަށް ދެއްވާފައިވާ އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

ހަމީދު ވިދާޅުވީ މީގެ ކުރިން ވެސް މިކަހަލަ ބޮޑަތި އޮޕްރޭޝަންތައް ހިންގި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވިނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ޓާސްކް ފޯހެއް އެކުލަވާލުމަށްފަހު ކުރިޔަށް މިގެންދާ އޮޕަރޭޝަން ކާމިޔާބުކޮށް ނަތީޖާ ނެރެވޭނެކަމަށެވެ.

މި އިންޓަވިއުގައި ސީޕީ އިތުރަށް ވިދާޅުވަނީ މި އޮޕަރޭޝަނަކީ އެއްބަޔަކުދެކޭ ގޮތުގައި ބޭކާރު އޮޕަރޭޝަނަކަށް ވިނަމަވެސް، މިކަމުގެ ސަބަބުން މިހާރުވެސް ނަތީޖާފެންނަމުންދާކަމަށެވެ. އޮޕަރޭޝަނަށް ދެ ހަފުތާ ވީ ދުވަހު އޮޕަރޭޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކައި ހޯމް މިނިސްޓަރު ޗެއާ ކުރެއްވި ބައްދަލުވުމެއް ވެސް ބާއްވައި ޕްލޭންގައި ހުރި ކަންކަމަށް އިތުރަށް އަމަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ ކުރެވިފައިވާ ކަމަށް މި އިންޓަވިއުގައި ސީޕީ ވިދާޅުވެއެވެ.

ސީޕީ ވިދާޅުވީ ގަވާއިދާ ހިލާފަށް ޑޮމެއިން ޖަހައިގެން ދުއްވާ ވެހިކަލްތައް ޓޯކުރުމާއި ބާރަށް ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ވެސް އޮޕަރޭޝަންގައި ހިންގަމުން އަންނަ ކަމެއްކަމަށާއި މިކަމުގެ ދަށުން ފަސް ވަރަކަށް މީހުން މިހާރުވެސް ހައްޔަރު ކުރެވިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް