ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ރަންވޭ ބޭނުންކުރަން މިއަދު ފަށައިފި ކަމަށާއި މިހާރު ގަޑިއަކު 16 ފްލައިޓު ޖެއްސޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓުން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ކުރިން ބެނުންކުރަމުން އައި ރަންވޭގައި ފްލައިޓް ޖެއްސުމާއެކު 15 މިނެޓް ވާއިރުވެސް ރަންވޭ ކްލިއާ ނުވާ ކަމަށާއި ނަމަވެސް އައު ރަންވޭއާއެކު ފްލައިޓް ކްލިއަރވާން ނަގާ ވަގުތު ވަރަށްބޮޑުތަނުން ކިޑަވެގެންދާނެ ކަމަށެވެ. އަދި އެއަރޕޯޓްގެ ތޮއްޖެހުމުގެ މައްސަލައަށް ވެސް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ.
އެމްއޭސީއެލް އިން ބުނީ ރަންވޭ ބޭނުންކުރަން ނިންމާފައިވަނީ ޓެކްސީވޭއެއްގެ ގޮތުގައި ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް 2018 ވަނަ އަހަރު ނިންމައި ހުޅުވިނަމަވެސް، އައު ރަންވޭއާއެކު ނިންމަންޖެހޭ އިތުރު އެހެން މަސައްކަތްތަކެއް ނުނިމި ހުރުމުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމާހެދި އެތަން އަދިބޭނުންކުރަން ފަށާފައެއް ނުވެއެވެ.
ދިގު މިނުގައި 3,400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރި އައު ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް