ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްއެންޕީން ނިކުތީ ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަގްސަދުގަ: ނާޒިމް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްއެންޕީން ނުކުތީ ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަގްސަދުގައި ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރޓޑ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ...

01 Feb 2022 | 06:28

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްއެންޕީން ނުކުތީ ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަގްސަދުގައި ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރޓޑ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ޢަބްދުލް ޙަންނާނު އިދުރީސްގެ ކެމްޕެއިނަށް ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ކޮމަންޑޫގެ ރައްޔިތުން އެންމެ ބޭނުންވަނީ އިގްތިސާދީ ނަފާ ރަށުގައި ތިބެގެން ހޯދުމަށް ކަމަށެވެ. ނަމަވެސް މިފަދަ ފުރުސަތުތަކެއް ދާއިރާގެ ރައްޔިތުންނަށް ފަހިވެފައި ނުވާކަމަށެވެ.

"އެމްއެންޕީ މި ނުކުތީ މިކަންކަމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގަ. ރައްޔިތުންގެ ހާލުއަހުވާލު މިޕާޓީއަށް އެނގޭ. ވަރަށް ގާތުން ބަލައިފިން. ދެން އޮތީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުން. އެކަން ކުރެވޭނީ އެމްއެންޕީގެ ކެންޑިޑޭޓަށް. އަޅުގަނޑަށް ޔަގީން ކޮމަންޑު ދާއިރާގެ އެންމެހާ ބޭފުޅުން ވެސް މިޕާޓީގެ ކެންޑިޑޭޓް، ހަންނާނަށް ވޯޓުދެއްވާ، މެމްބަރުކަމަށް ހޮއްވަވާދެއްވާނެކަމަށް." ކުރީގެ ޑިފެންސް މިިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މި ޖަލްސާގައި ޙަންނާންގެ ކެމްޕޭން މެނޭޖަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެމްއެންޕީއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ގޮތްޕެއް ނޫން ކަމަށާއި އެމްއެންޕީއަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ރައްޔިތުންގެ އަޑު އަހާނެ ހަމައެކަނި ޕާޓީ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ފެބްރުއަރީ 5 ވަނަ ދުވަހު އިޚްލާސްތެރިކަމާއެކު ޙަންނާނަށް ވޯޓު ދެއްވުމަށް އަބްދުﷲ ރިޔާޒް ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާ އެމްއެންޕީގެ ނައިބު ރައީސް ހުސެއިން އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކީ އިޚްލާސްތެރިކަމެއްނެތް ކެންޑިޑޭޓެއް ކަމަށެވެ.

" ފަސްބައިގެ އެއްވެސް ކިލަނބުކަމެއް ނެތް ތައުލީމީ ގާބިލް ޒުވާނުން ބަލައިގަންނަ ހަމައެކަނި ކެންޑިޑޭޓަކީ ޙަންނާން." ހުސެއިން އިސްމާއިލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް