ޚާއްސަ އެހީއަށް ބޭނުންވާ ތިރީހަށް ވުުރެ ގިނަ ކުދިން އެމްޓީސީސީގެ ވަޒީފާގައި މިހާރުވެސް އެބަތިބި ކަމަށާއި އަދިވެސް ފުރުސަތު އެބައޮތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނިން ކުރިއަށްގެންދާ 'ހުނަވަރު' ޕްރޮގްރާމުގެ އިތުރު ބުރެއް ފެށުމާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނީގެ ހުރިހައި ވަޒީފާތަކަށް ވެސް އެންމެނަށް މަރުޙަބާ ކިޔާ ކަމަށެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.
"އެމްޓީސީސީގަ މިހާރުވެސް ވަޒީފާއަދާ ކުރޭ ޚާއްސަ އެހީއަށް ބޭނުންވާ ތިރީހަށް ވުރެ ގިނަ ކުދިން. މިހާރު މި ހުޅުވާލި ފުރުސަތުގައި ވެސް އެފަދަ ކުދިންނަށް ޖާގަ އޮންނާނެ. މި ކުންފުންޏަކީ ވަކި ޖިންސަކަށް، ވަޒީފާ ދޭނެ ކުންފުންޏެއް ނޫން. އެންމެހައި ދިވެހިންނަށް ފުރުސަތު އޮންނާނެ." އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެމްޓީސީސީގެ ވަޒީފާގައި މިހާރުތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެހެން މުވައްޒަފުންނެކޭ އެއްވަރުގެ މުސާރައާއި އެލަވަންސް ވެސް ލިބޭނޭ ކަމަށެވެ. އަދި ވަޒީފާއަށް ކުދިން ނެރެނީ ފުރިހަމަ ތަމްރީނު ދިނުމަށްފަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް