ފާޑުކިޔުންތަކުން ލިބުނީ ފުރުސަތާ ހިތްވަރު – މިހުރީ ކުރިއަށް ދިއުމުގެ އަޒުމުގަ: ހައްސާން

2021 ނިމި 2022 ފެށިގެން ކުރިއަށްދާއިރު ސޯޝަލް މީޑިއާގައި އެންމެ މަގުބޫލު އެއް މޫނަކީ ލ. މާވަށަށް އުފަން ހައްސާން އަބްދުލްޣަފޫރުގެ މޫނުކަމާއިމެދު ކިޔުންތެރިން ދެބަހެއް ނުވާނެއެވެ. ސޯޝަލް މީޑިއާގައި ވައ...

01 Feb 2022 | 06:15

2021 ނިމި 2022 ފެށިގެން ކުރިއަށްދާއިރު ސޯޝަލް މީޑިއާގައި އެންމެ މަގުބޫލު އެއް މޫނަކީ ލ. މާވަށަށް އުފަން ހައްސާން އަބްދުލްޣަފޫރުގެ މޫނުކަމާއިމެދު ކިޔުންތެރިން ދެބަހެއް ނުވާނެއެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެގެންދިޔަ ވީޑިއޯއަކަށްފަހު މުޅި ސޯޝަލް މީޑިއާ ފުރައިލީ ހައްސާނުގެ މީމްސް ތަކުންނެވެ.

"ބޮސް ނަގައިދޭޅޭ ބޭސް އެނގިއްޖަ، ބޮސް ބޮނެފި ބޭސް ނަގައިދޭނަމޭ" ، "އިނބަ ހަމަޖެހީގެން ހުރެބިލާ އިނބަތެޔޯ މީހަކާ އިނދެގެން އޮޅެން މީހެކޭ" މި ބަސްތަކަކީ ހަމަ ކޮންމެ ދުވަހަކުހެން އެތައް ބަޔަކު ބޭނުން ކުރަމުން އަންނަ ބަސް ތަކެކެވެ.

ބައެއް ފަރާތްތަކުން މިކަން ކުރަމުންދިޔައީ ނޭނގިތިބެ ނަމަވެސް ފުރައްސާރަ ކުރެވޭފަަދަ ގޮތެއްގައެވެ. މިކަމުން ހައްސާނަށްވެސް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރިއެވެ. އެގޮތުން ގިނަ ބަޔަކު ހައްސާނާ ދިމާ ކުރުމާއި ފުރައްސާރައިގެ ތަފާތު އެކި ފޯނުކޯލުތައް ލިބެމުންދިޔުން ހައްސާނު ފާހަގަކުރެއެވެ.

އެހެން ނަމަވެސް މިއަދު ހައްސާނު ހުރީކީ ކުރެވޭ ފުރައްސާރައަކަށް ބަލައި ފަހަތައް ޖެހޭގޮތަކަށް ނޫނެވެ. ތަފާތު ނަޒަރިއްޔާތަކުން ނަަމަވެސް ބަޔަކު ހައްސާނު ބަލައިގަނެފިކަން މިއަދު ހައްސާނަށް ގަބޫލު ކުރެވެއެވެ.

ދުވަހަށް މައުލޫމާތުދެމުން ހައްސާނު ބުނީ އޭނާއަށް ކުރިމަތިވި މި ހާދިސާތަކަށްފަހު ބައެއް ކަންކަން ރަނގަޅުގޮތުގައި މިހާރު ބަދަލުވަމުން އަންނަ ކަމަށެވެ. އެގޮތުން އޭނާގެ ބައެއް ބަސްބަސް، ބައެއް ފޮޓޯ ވައިރަލްވުމުން ހީ ނުކުރާ ކަހަލަ ބައެއް ފަހި ފުރުސަތުތަކެއް ހައްސާނަށް އަންނަނީ ލިބެމުންނެވެ. އަދި ހައްސާނު ހުރީ އިތުރު ފުރުސަތުތަކަށް އުންމީދުވެސް ކޮށްގެންނެވެ.

އެގޮތުން ހައްސާނު ފާހަގަކުރި އެއް ފުރުސަތަކީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން އިސްތިހާރެއް ކުޅުމަށް މިހާރު ހައްސާނަށް ލިބިފައިވާ ފުުރުސަތެވެ. އަދި ރަށާއި އަތޮޅު ލެވެލްގައިވެސް މިފަދަ ފުރުސަތުތަކެއް ލިބެމުން އަންނަކަން ހައްސާނު ފާހަގަކުރިއެވެ.

"މިވަގުތު ކަރަންޓީނުގަ ހުރުމުން އެކަންކަން ނުފެށި މިދަނީ، ކަރަންޓީނު ނިމުމުން އެ މަސައްސަތްތައް ފެށިގެންދާނެ" ހައްސާނު ބުންޏެވެ.

މިހާރު ސިންގަލްކޮށް ހުރި ހައްސާނު ގަބޫލުކުރާގޮތުގައި އޭނާއަށް ތާއީދުކުރާ އަދި ހެޔޮ އެދޭ ބަޔަކުވެސް އެބަތިއްބެވެ. އެ ފަރާތްތަކަށް ހައްސާން ބުނެލަން ބޭނުންވަނީ އަބަދުވެސް ތާއީދު ބޭނުންވާކަމަށެވެ.

ނިންމާލަމުން ހައްސާނު ބުނީ އަދި ކުރިއަށް އޮތްތާނގައި ރަނގަޅު ސަޕްރައިޒްތަކެއް ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް