ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީވެ، ހދ.ވައިކަރަދޫ މޮނިޓަރިން ހާލަތައް ގެނެސްފިއެވެ.
ވައިކަރަދޫ އަށް އަރާ ފޭބުން މަނާ ކޮށްފައި ވާއިރު އެރަށު ހެލްތް ސެންޓަރުން އެންމެ ފަހުން ނެރެފައިވާ އަދާހަމަ އިން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 23 މީހަކު އެ ރަށުގައި އެބަތިއްބެވެ.
ކޮވިޑް ބަލި ދެނެގަތުމަށްޓަކައި މިދިޔަ ހަފްތާގައި ވައިކަރަދޫ އިން 123 ސާމަޕަލް ނަގާފައި ވާއިރު 90 ސާމްޕަލެއް ނައްސިވެފައި ވެއެވެ. އަދި 5 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެޗްއީއޯސީ އިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު 35 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައެވެ. ގިނަ ރަށްތަކެއް މަޮނިޓަރިން ހާލަތައް ގެނެވިފައި ވާއިރު ކޮވިޑް ބަލީގައި ރާއްޖެއިން 276 ފަރާތެއް ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް