ބ. އަތޮޅުގެ ފަޅުރަށްތަކަށް ހުއްދަ ނެތި އެރުން މަނާކޮށްފި

ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ރަށްތައް ކައުންސިލްގެ ހުއްދަ ނެތި އެރުން މަނާކޮށްފިއެވެ. ބ. އަތޮޅު ކައުންސިލުން ބުނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ފަޅުތަކަށް ބައ...

01 Feb 2022 | 04:08

ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ރަށްތައް ކައުންސިލްގެ ހުއްދަ ނެތި އެރުން މަނާކޮށްފިއެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ފަޅުތަކަށް ބައެއް ފަރާތްތަކުން ހުއްދަ ނެތި އަރަމުންދާ ކަމަށް ފާހަގަކުރެވޭތީ އެގޮތަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އެދޭ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން  ރަށަކަށް އަރަން ބޭނުންވާ ފަރާތްތަކުން އެރަށަށް އަރަން ބޭނުންވާ ސަބަބު ބަޔާންކޮށް ބ.އަތޮޅު ކައުންސިލުން ހުއްދައަކަށް އެދެން ޖެހޭނެކަމަށެވެ.

ފަޅުތަކާއި ފަޅުރަށްތައް ހެމެނޭހެން 12  ހުއްދަނެތި  ތަނަކަށް ނޭރެވޭނެކަމަށް ބ. އަތޮޅު ކައުންސިލުން ބުނެއެވެ.

އެއީ:

  1. އަހިވަށްފުށި
  2. ކަށިދުއްފުށި
  3. ވިނަނެތްފަރު ފިނޮޅު
  4. ވިލިނގިލިފަރު ފިނޮޅު ( ރޯޔަލް ފިނޮޅު)
  5. ހޮރުބަދޫ ބިންމަތީފަރު ފިނޮޅު
  6. ދޫގަނޑު ފިނޮޅު
  7. ކުޑަދޫ
  8. ވެލަވަރު
  9. ގިރާވަރު ދެ ފިނޮޅު
  10. ގާވިލިނގިލި ފިނޮޅު
  11. ނުރައުފުރިފަރު ފިނޮޅު
  12. އޮޅުގިރި
  13. ހިބިޅިދޫ

މިނިންމުން ނިންމާފައިވަނީ ބ.އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް