ފްރެންޗް ކަޕް : ޕީއެސްޖީ ކަޓުވާލާ ނީސް ކުއާޓާ އަށް

ފްރާންސް ލީގުގެ ދެ ވަނާގައި އޮތް ނީސް އަތުން ބަލިވެ ފްރެންޗް ލީގު ކަޕުގެ ފަހު 16 ވަނަ ބުރުން ޕީއެސްޖީ ކަޓައިފި އެވެ. ޕީއެސްޖީގެ ދަނޑުގައި ނީސް އާއި ދެކޮޅަށް ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވީ ޕެނަލްޓީގަ...

01 Feb 2022 | 03:58

ފްރާންސް ލީގުގެ ދެ ވަނާގައި އޮތް ނީސް އަތުން ބަލިވެ ފްރެންޗް ލީގު ކަޕުގެ ފަހު 16 ވަނަ ބުރުން ޕީއެސްޖީ ކަޓައިފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ނީސް އާއި ދެކޮޅަށް ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވީ ޕެނަލްޓީގައި 6-5 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެން ކަމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕީއެސްޖީން ހަތް ޕެނަލްޓީ ޖެހިއިރު، އެޓީމަށް ކާމިޔާބު ކުރެވުނީ ފަސް ޕެނަލްޓީއެވެ. އެއީ މެސީ، އެމްބާޕޭ، ޑްރެޒްލާ، ޑިމާރިއާ، ވެރާޓީ އަދި ބާނެޓް ޖެހި ޕެނަލްޓީތަކެވެ. ޕީއެސްޖީން ދެ ޕެނަލްޓީ ނާކާމިޔާބުކޮށްލާފައި ވެއެވެ. އެއީ ޕަރޭޑޭސް އާއި ސިމޮންސް ޖެހި ޕެނަލްޓީއެވެ. ނީސްއިން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ހަ ޕެނަލްޓީ ކާމިޔާބު ކުރި އިރު، އެޓީމުން މިސްކޮށްލީ އެންމެ ޕެނަލްޓީ އެކެވެ. އެއީ ޥެލޯޓް ޖެހި ޕެނަލްޓީ އެކަންޏެވެ.

ޕެނަލްޓީގައި ޕޫއެސްޖީ ބަލިކޮށް ނީސް މުބާރާތުގެ ކުއާޓާއަށް ދަތުރުކުރިއިރު، އެޓީމު ކުއާޓާގައި ބައްދަލުކުރާނީ މާސޭއާއި އެވެ. މި މެޗު ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް